ފްރާންސް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ރަސްމީކޮށް ޙަވާލުވެ 2030 ޖޫންއާ ހަމައަށް ޓީމުގައި ދެމިހުރުމަށް ޒައިނުއްދީން ޒިދާން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެހެންކަމުން ކުރިއަށް އޮތް ބޮޑު 3 މުބާރާތުގައި ފްރާންސުގެ ކޯޗަކަށް ހުންނާނީ ޒިދާނެވެ. އޭގެ ތެރޭގައި 2030ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ހިމެނެއެވެ.

ޒިދާން ފްރާންސުގެ ކޯޗުކަމާ ޙަވާލުވީ ޑިޑިއޭ ޑޭޝޯމްޕްސް ވަކިވުމަށްފަހުގައެވެ. ޑިޑިއޭ ޑޭޝޯމްޕްސް ފްރާންސުގެ ކޯޗުކަމާ ޙަވާލުވީ 2012ވަނަ އަހަރުއެވެ. އެގޮތުން 14 އަހަރު ދުވަހު ފްރާންސް ޓީމަށް ކޯޗުކަން ކޮށްދިނުމަށްފަހު އޭނާ ވަނީ ޓީމުން ވަކިވެފައެވެ.