ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން މުޅިން އަލަށް ބާއްވާ ފުޓްސެލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައްޔާރުވެއްޖެއެވެ.
ހދ އަތޮޅުގެ މުބާރާތް ހޯސްޓުކުރަން ހަމަޖެހިފައިވަނީ ނޮޅިވަރަންފަރުގައެވެ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި މި މުބާރާތް އޮންނާނީ މި ހިނގާ އޯގަސްޓު މަހުގެ 13އިން 23އަށެވެ.
ހދ އަތޮޅުން މި މުބާރާތުގައި ޖުމްލަ 6 ރަށަކުން ވަނީ ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު ފުރަތަމަ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަންފަރާއި ހަނިމާދޫ އަދި ކުމުންދޫއެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ނޭކުރެންދޫއާއި ނައިވާދޫގެ އިތުރުން ކުރިނބީއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަންފަރާއި ހަނިމާދޫއެވެ. އެ މެޗު އޮންނާނީ އޯގަސްޓު 13ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:45ގައެވެ.
މިއީ ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކުން ކޮންމެ ރަށަކަށް ވެސް ފުރުޞަޠުދީގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު، ރީޖަނަލް ބުރަށް ދަތުރުކުރާނެއެވެ. އެއަށްފަހު ކޮންމެ ރީޖަންއަކުން ޗެމްޕިއަން ޓީމަށް ދިވެހިރާއްޖޭގެ ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ. އަދި ހަމައެހެންމެ 2027ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ފުޓްސަލް ލީގުގައި ވާދަކުރުމުގެ ފުރުޞަޠު ވެސް ލިބިގެންދާނެއެވެ.

ކޮމެންޓްތައް (0)
ކޮމެންޓެއް ލިޔުއްވާ
މިހާތަނަށް ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ލިޔުއްވާ!