ހދ. ނޮޅިވަރަމުގެ ކަރަންޓު ނެޓްވޯކު އިތުރަށް ހަރުދަނާކުުރުމަށް ޓަކައި ހައި ވޯލްޓޭޖް ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

ސަރުކާރުން ހިންގާ މި މަޝްރޫޢުގެ މަސައްކަތް މިހާރު އެރަށުގައި ކުރިއަށްދާއިރު، ކަރަންޓުގެ މައްސަލައަކީ އެރަށުގެ ރައްޔިތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. 

May be an image of text

އެގޮތުން ދާދިފަހުން ވެސް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ވަނީ އެރަށުގެ ފެނަކަ އޮފީސް ގޯތިތެރެއަށް ވަދެ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދިނުމަށް އެދި އިހުތިޖާޖުކޮށްފައެވެ. އެހެންކަމުން އެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ސަބަބުން ރަށުގެ ކަރަންޓުގެ ލޯޑު ބޮޑުވާ ސަރަޙައްދުތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.