ހދ ނޮޅިވަރަމުގެ މަސްޖިދުއްސަލާމާއި މަސްޖިދުއްނޫރުގެ ކަރަންޓު އަދި އޭސީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ. 

ނޮޅިވަރަމު ކައުންސިލުން މިއަދު ވަނީ އެކަމާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހުޅުވާލައިފައެވެ.  އޭގައި ހިމެނެނީ އެރަށުގެ އެންމެ ބޮޑު މިސްކިތް ކަމުގައިވާ ސަލާމް މިސްކިތުގެ 3 އޭސީ ސާވިސްކުރުމާއި އެ މިސްކިތުގެ މުންނާރުގައިވާ ލައިޓުތައް ދިއްލާއިރަށް ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމުގެ އިތުރުން އުތުރު އަވަށުގައި ހުންނަ، ނޫރު މިސްކިތުގެ 2 އޭސީ ސާވިސްކުރުމެވެ.  

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އޯގަސްޓު 2 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00އަށް، އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވުމަށް އެ ކައުންސިލުން ވަނީ ދަޢުވަތު އަރުވައިފައެވެ. 

އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު (18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު (19/2014)ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. 

އަދި މި މަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް، ޢަބްދުﷲ ޝަރީފް (7864015)އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.