މަސްވެރިންނަށް ޚާއްޞަކޮށްގެން މަސްޖެޓީއެއް ޤާއިމުކުރުމަށް ނޮޅިވަރަމު ކައުންސިލުން ނިންމައިފިއެވެ.
ނޮޅިވަރަމު ކައުންސިލްގެ 5ވަނަ ދައުރުގެ 11ވަނަ ޢާއްމު ބައްދަލުވުމުގައި ނިންމާފައިވަނީ ރަށުގެ މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ޓަކައި ރަށުގެ ތަރައްޤީ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މަސްވެރިންނަށް ޚާއްޞަ މަސްޖެޓީއެއް އެޅުމުގެ މަސައްކަތް ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔުމަށެވެ.
މި މަޝްރޫޢަށް ބޭނުންވާ ފަންޑު ހޯދުމަށާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ޓެކްނިކަލް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ނިންމައިފައެވެ.
ނޮޅިވަރަމުގައި ކައުންސިލުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް މިހާރު ވެސް އެބަ ކުރިއަށްދެއެވެ. އެގޮތުން 4ވަނަ ދައުރުގައި މަސައްކަތް ފެށި ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި ބަނދަރުގައި ހަދާ މައިޒާނުގެ މަސައްކަތް އެބަ ކުރިއަށްދެއެވެ.
ނޮޅިވަރަމު ކައުންސިލުން މަސްވެރިންނަށް ޚާއްޞަ ޖެޓީއެއް ޤާއިމުކުރުމަށް ނިންމާފައިވާއިރު 4ވަނަ ދައުރުގައި ވަނީ މަސްކަނޑާ އަށްޓެއް ވެސް އެރަށު ބަނދަރުގެ އުތުރު ފަރާތުގައި ޤާއިމުކޮށްފައެވެ.
ކޮމެންޓްތައް (0)
ކޮމެންޓެއް ލިޔުއްވާ
މިހާތަނަށް ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ލިޔުއްވާ!