ފެނަކަ ނޮޅިވަރަމު ބްރާންޗުގައި ބޭނުންކުރަމުންދާ 03 އިންޖީނުގެ ތެރެއިން ކަމިންސް 800ކވ އިންޖީނަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ރަށުގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުންދާނެކަމަށް އެރަށުގެ ބްރާންޗުން ބުނެފިއެވެ. 

އެރަށުގެ އިންޖީނަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އެ އިދާރާއިން ސާފުކޮށްދީފައެއް ނުވެއެވެ. 

އެ ބްރާންޗުން މިއަދު ހާމަކޮށްފައިވަނީ މައްސަލަ ޙައްލުކުރެވެންދެން ރަށުގެ އެކި ހިސާބުތަކުން ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑާނެކަމަށާއި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކަށް ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ. 

މި މައްސަލަ ދިމާވެފައިވަނީ ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި ހައި ވޯލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.