އިޓަލީގެ ކޯޗުކަން ޙަވާލުކުރަން އުޅުނު ކުރީގެ ކުޅުންތެރިޔާ އެންޑްރިއާ ޕިރްލޯއަކީ އެ މަޤާމަށް އެކަށީގެންވާ ފަރާތް ނޫންކަމަށް ބުނެ ސިޔާސީ ގޮތުން ކުރިމަތިވަމުންދާ ޕްރެޝަރުތަކުގެ ސަބަބުން އެ ޑީލް ކެންސަލްކޮށްފިއެވެ.
އިޓަލީގެ ސިޔާސީ ބައެއް ފަރާތްތަކުން ޕިރްލޯ އެ މަޤާމާ ޙަވާލުވުމާ ދެކޮލަށް އުފުލަމުންދިޔައީ ރަޝިޔާގެ ބެޓިންގ ކުންފުންޏެއްގެ އެމްބެސެޑަރުކަން ޕިރްލޯ ކުރަމުން އަންނަކަމުގެ ވާހަކައެވެ. އެހެންކަމުން އިޓަލީން ޔޫކްރެއިނަށް ސިޔާސީގޮތުން ދޭ އެއްބާރުލުމާ ފުށުއަރާ ކަމަކަށް މިކަން ވެދާނެކަމަށް ޤަބޫލުކުރެވޭތީ ޕިރްލޯގެ އެއްބަސްވުން ކެންސަލްކުރަން އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައެވެ.
މިކަމާބެހޭގޮތުން ޕިރްލޯ ބުނެފައިވަނީ މިކަމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރާނެކަމަށެވެ.
ޕިރްލޯގެ އެއްބަސްވުން ކެންސަލްވުމުން ދެން އިޓަލީގެ ކޯޗުކަމަށް އެންމެ ގާތް ފަރާތްތަކަކީ ޕައުލޯ މާލްޑިނީކަމަށް ލަފާކުރެވެއެވެ.

ކޮމެންޓްތައް (0)
ކޮމެންޓެއް ލިޔުއްވާ
މިހާތަނަށް ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ލިޔުއްވާ!