ނިމިދިޔަ ފީފާ ވޯލްޑް ކަޕުގައި ރެފްރީކަންކުރި ފީފާގެ ރެފްރީ ސްލަވްކޯ ވިންސިޗް ރެފްރީކަންކުރުން ހުއްޓާލައިފިއެވެ.

ސްލޮވޭނިޔާއަށް ނިޞްބަތްވާ ސްލަވްކޯ އެންމެފަހުން ރެފްރީއެއްގެ ރޯލު އަދާކުރީ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައެވެ. 

ސްލޮވޭނިޔާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ ޢުމުރުން 46 އަހަރުގައި ރިޓަޔާކޮށްފިކަން އިޢުލާންކޮށްފައެވެ. 

ސްލަވްކޯއަކީ 2010ވަނަ އަހަރުން ފެށިގެން ފީފާގައި ރެފްރީކަން ކުރަމުން އައި ފަރާތެކެވެ. އެގޮތުން ޔޫރަޕުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު ފަދަ މުބާރާތްތަކުގައި ވެސް އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ. 

އޭނާ ރިޓަޔާވީ ނިމިދިޔަ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ހިނގާދިޔަ ކަންކަމުން އޭނާއަށް ކުރިމަތިވި ފިއްތުންތަކެއްގެ ސަބަބުންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އެއީ މިފަހަރުގެ ވޯލްޑް ކަޕުގައި ފެނުނު އެންމެ އިންޞާފުވެރި ރެފްރީކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އެބައުޅެއެވެ.

May be an image of ‎soccer, football and ‎text that says '‎sen nesقص FIFA REFEREE 2026 RETIRED‎'‎‎